Faseha

Faseha News

1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ކޮމެޓީން ފާސްކޮށްފި

1 min read


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރި ކޮމެޓީން ފާސްކޮށްފިއެވެ.

ކޮމެޓީން ބަޖެޓު ދިރާސާކޮށް ނިންމާލިއިރު ބަޖެޓަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއްނުވެއެވެ. މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ނިންމާލިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ މިރޭ ބަޖެޓުގެ މަސައްކަތް ނިންމާ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ބަޖެޓުގެ ބަހުސް ކުރުމަށެވެ. އަދި މާދަމާ ރޭ މަޖިލީހުން ބަޖެޓު ފާސް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ސަރުކާރުން ބުނީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށާއި އަލަށް އުފެދުނު ގާނޫނުތަކުގެ ސަބަބުން ދައުލަތުން ކުރަން ޖެހުނު ހަރަދުތައް ލަފާ ކުރެވުނު އަދަދަށްވުރެ މަތިވުމުންނެެވެ.
ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަން ހާމަކުރުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން އެފަދަ ބަޖެޓެއް ހުށަހަޅަނީ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވުމާ ގުޅިގެން ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެގޮތުން ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ ބޭރު ގައުމުތަކުން ލިބުނު އެހިތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Source link

Copyright © Faseha All rights reserved