Faseha

Faseha News

ޓެރަރިޒަމް ޤާނޫނޫގެ އިސްލާހު ފާސްވެއްޖެނަމަ ކޯޓު އަމުރުނެތި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ

1 min read


ޓެރަރިޒަމް ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ޓެރަރިޒަމްގެ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރާއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ބާރު ފުލުހުންނަށް ލިބިދޭނެއެވެ.
މީގެ އިތުރުން ޓެރަރިޒްމްގެ ކުށްތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރަންވެސް އެ ބިލުގައި ހިމަނާފައިވެއެވެ. މިގޮތުން ޓެރަރިޒަމްގެ ކުށުގައި ބަންދު ކުރެވޭ މީހަކު ދައުވާ ކުރަންޖެހޭ މުއްދަތު 60 ދުވަހަށް އިތުރުކޮށްފައިވާ އިރު، ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ 90 ދުވަހުގެ ތެރޭގައި ދައުވާ ކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
48 ގަޑިއިރަށް ބަންދުކޮށްގެން ގެންގުޅޭވޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅާފަވާއިރު، މިއީ ޤާނޫނު އަސާސީއާއި ވެސް ހިލާފުކަމެކެވެ. ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައިވެސް ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހަކު އެންމެ ގިނަވެގެނެ 24 ގަޑި އިރުތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވެން ޖެހޭނެކަމަށް އޮވެއެވެ. މީގެ އިތުރުން ޖިނައީ އިޖުރާއަތުގެ ޤާނޫނުގައިގައިވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް 24 ގަޑިއިރުތެރޭ ހާޒިރު ކުރަންޖެހޭނެ ކަމަށްއޮވެއެވެ. 
އެހެންކަމުން ޓެރަރިޒަމް ޤާނޫނަށް އިސްލާހު ގެންނަ ނަމަ ޤާނޫނު އަސާސީއަށްވެސް އިސްލާހުގެންނަންޖެހޭނެއެވެ. 
Source link

Leave a Reply

Copyright © Faseha All rights reserved