Faseha

Faseha News

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު މާދަމާ އިސްލާހުކުރަނީ

1 min read

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މާދަމާ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ދަޢުރުން ބޭރުގައި ބާއްވާ ޚާއްސަ ޖަލްސާއެކެވެ. މި ޖަލްސާ ބާއްވަނީ މަޖިލީހުގެ ސްޕަމެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ދަޢުރުން ބޭރު ޖަލްސާއެއް ބާއްވައިދިނުމަށް އެދުމާއި ގުޅިގެންނެވެ.

މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ.

މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށައަޅާ މި ބިލް މަޖިލީހަށް ހުށައެޅުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް އެވެ. މާދަމާގެ ޖަލްސާގައި ޤާނޫނު ނަންބަރު 32/2015 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޤާނޫނަށް އިސްލާހުގެނެސް މަރުކޮމިޝަންގެ ތަޙްޤީޤުން އިންސާފުގެ ކުރިމައްޗަށްގެންނަންޖެހޭ މީހުން ގެނެސް ޙައްޤުއަދަބު ދިނުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެރަރިޒަމް
Source link

Leave a Reply

Copyright © Faseha All rights reserved