Faseha

Faseha News

ސިއްރު ފެންފުށީ، މޫދު އަޑީގެ ގެލެރީ ބަދަލު ތަކާއި އެކު ހުޅުވައިފި

1 min read

ޑިޒައިނަށް ބަދަލު ގެނެސް، ސިއްރު ފެންފުށީގެ މޫދު އަޑީގެ ގެލެރީ އަލުން ހުޅުވައިފި އެވެ.

ބުދު ތަކެއް ސިފަވާ ގޮތަށް ސޮކަލްފްޗާ ތަކެއް ޑިޒައިން ކޮށް ހުޅުވީރު ހުރުމުން ކުރީގެ ރައީސް ޔާމީން ވެރިކަމުގައި މައްސަލަ ބޮޑުވެގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް އެތަކެތި ނެގުމުން ބަންދު ކުރި އެ ގެލެރީއަކީ ދިވެހި ރާއްޖޭގައި އެގޮތަށް މޫދު އަޑީގައި ހުޅުވި ފުރަތަމަ ގެލެރީއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް ތައްޔާރުކުރި އެ ގެލެރީ އަލުން ހުޅުވާފައި ވަނީ ބޮޑެތި ބަދަލުތަކާއެކުގަ އެވެ.

ށ. އަތޮޅު ސިއްރު ފެންފުށި ހިންގާ ފެއާމޮންޓް ހޮޓަލްސް ކުންުފުނިން ނެރުނު ބަޔާނެއްގައި ބުނީ ”ދަ ކޮރެލޭރިއަމް“ ގެ ނަމުގައި އަލުން ގެލެރީ ހުޅުވާފައިވަނީ މުރަކަތަކެއް ސިފަވާ ގޮތަށެވެ. މި ފަހަރުގެ ގެލަރީއިން ފެންނާނީ މުރަކަތަކެއް ހެދި، ބޮޑު ވަމުން އަންނަ ގޮތް ކަމަށެވެ. އަދި އެ ކުންފުނިން އިތުރަށް ބުނީ މުރަކަ ސްކަލްފްޗާތައް ހަދާފައިވަނީ ކަނޑުގެ ވެޝި ތަޣައްޔާރު ވާ އެއްވެސް މާއްދާއެއް ހިމަނައިގެން ނޫން ކަމަށާއި ބޭނުން ކުރީ މައްދާތަކަކީ ކަނޑުގެ ދިރުން ތަކަށް ގެއްލުން ނުވާނެ މައްދާ ތަކަކުން ކަމަށެވެ.

އެތަނުގައި ސެރެމިކް ބޭނުން ކޮށްގެން ހަދާފައިވާ 500 އާޓިފިޝަލް ސްޓާ ފިޝް ބަހައްޓާފައިވެ އެވެ. މި ސްކަލްޕްޗާތައް ފަރުމާ ކޮށްފައި ވަނީ މަހަށް ކާން ދިނުމުން އޭގައި މަހު ކާނާ ތާށިވެ މަސް އާލާވާ ގޮތަށެވެ.

ސިއްރު ފެންފުށީ ފަޅަކީ ރާއްޖޭގެ ބޮޑެތި ފަޅު ތަކުގެ ތެރޭއިން ފާހަގަ ކޮށްލެވޭ އެއްފަޅެވެ. އަލަށް ހަދާ ހުޅުވި މޫދު އަޑީގެ ގެލެރީގައި ފީނުމުގެ ފުރުސަތު ވަނީ ޓޫރިސްޓުންނަށް ހުޅުވާކައިފައެވެ.

މިވަގުތު ދިވެހި ރާއްޖޭގައި އޮތް އެންމެ ދިގު ސްވިމްން ޕޫލް ވެސް އޮންނަނީ ސިއްރު ފެންފުށީގައި އެވެ. އެއީ 200 މީޓަރު ދިގު ސްވިމިން ޕޫލެކެވެ.
Source

Leave a Reply

Copyright © Faseha All rights reserved