Faseha

Faseha News

ސައްތޭ ޕޭ ސައްތާ ކުޅުމަށް އަނުޝްކާއަށް ހުށަހަޅައިފި

1 min read

މެގާ ސްޓާ އަމީތާބް ބަޗަން ކުޅެފައިވާ ފިލްމު ސައްތޭ ޕޭ ސައްތާގެ ރީމޭކު ހެދުމަށް ފަރާ ޚާން އަދި ރޯހިތު ޝެޓީ ވަނީ އަތުގުޅާލައިފައެވެ.

ފިލްމުގެ ކާސްޓުން އަދި ހޮވާފައިނުވާއިރު ގިނަ ތަރިންތަކެއް އަންނަނީ މި ފިލްމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ އަނުޝްކާ ޝަރުމާއަށް ވަނީ ފިލްމުގެ ލީޑް ރޯލު ކުޅުމަށް ހުށަހަޅާފައެވެ. ނަމަވެސް އަނުޝްކާއެއް ފިލްމު ކުޅުމަށް އަދި އެއްބަސްވެފައެއް ނުވެއެވެ. އަދިވެސް އޮތީ ޑިސްކަޝަން ސްޓޭޖުގައެވެ.

ކުރިން އެ ރޯލު ދީޕިކާއަށް ހުށަހެޅިކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ފިލްމުގައި އަމީތާބުގެ ރޯލު ކުޅުމަށް ޝާހުރުކް ޚާން، އަކްޝޭ ކުމާރު އަދި ރިތިކް ރޯޝަންގެ ނަންތައް ވަނީ އަޑުއިވެން ފަށާފައެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީ އެއްވެސް ބަހެއް ކާސްޓުންނާ ބެހޭގޮތުން ބުނެފައެއް ނުވެއެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހު އަދި ކަރީނާ ކަޕޫރާއެކު ފިލްމު “ޒީރޯ” އިންނެވެ.
Source link

Copyright © Faseha All rights reserved