Faseha

Faseha News

ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ އަގު 2.5 ބިލިޔަނަށް އަރާ!

1 min read


މިދިޔަ މަހުގެ ނިޔަލަށް، މި ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓްތަކުގެ އަގު 2.5 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި، “ނުވަގަޑި” ޕްރޮގްރާމުގައި ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މިހާތަނަށް މިދިޔަ ނޮވްމަބަރު މަހުގެ 17 ގެ ފަހުން މިދިޔަ މަހުގެ ނިޔަލަށް 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުން 28 ރަށެއްގެ ބަނދަރު ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ އަގު 954.3 މިލިޔަން ރުފިޔާ އަށް އަރައެވެ. އޭގެ އިތުރުން 15 ރަށެއްގެ ފެނާއި ނަރުދާމާގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ އަގު 513.3 މިލިޔަން ރުފިޔާ އަށް އަރައެވެ.

ތިން ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ އަގަކީ 94.8 މިލިޔަން ރުފިޔާ އެވެ. އަދި އަށް ރަށެއްގެ ނަރުދާމާގެ މަސައްކަތް ކުރަން ހަވާލުކުއިރު އެމަޝްރޫއުތަކުގެ އަގަކީ 111.5 މިލިޔަން ރުފިޔާ އެވެ.

މިނިސްޓްރީން ވަނީ ދެ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ އަގަކީ 186 މިލިޔަން ރުފިޔާ އެވެ. އަދި ހަތް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ވެސް އާ ސަރުކާރު އައި ފަހުން ހަވާލުކޮށްފައިވާއިރު އެމަޝްރޫއުތައް ހަވާލުކޮށްފައި ވަނީ 204 މިލިޔަން ރުފިޔާ އަށެވެ.


Source link

Leave a Reply

Copyright © Faseha All rights reserved