Faseha

Faseha News

ސަރުކާރުން ހުށަހެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ކޮމެޓީން ފާސްކުރައްވައިފި

1 min read


ސަރުކާރުން ހުށަހެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް، ބަޖެޓް ކޮމެޓީން ފާސްކުރައްވައިފި އެވެ. މިރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރެއްވީ ހާޒިރުވެ ވަޑައިގެން ތިއްބެވި މެމެބަރުންގެ އަޣްލިބިއްޔަތުންނެވެ.
ސަޕްލިމެންޓްރީ ބެޖެޓްގެ ގޮތުގައި ފިނޭނެސް މިނިސްޓްރީން ހުށަހަޅުއްވައިފައި ވަނީ 1,703,198,070 ރުފިޔާއެވެ. މަޖިލީހަށް ސަޕަލިމެންޓްރީ ބެޖެޓް ހުށަހަޅުއްވަމުން މާދަމާގެ ނިޔަލަށް ބަޖެޓްގެ މަސައްކަތް ނިންމަވައި ދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދި ވަޑައިގެންފައެވެ.
ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުއްވި ސަބަބު ހާމަކުރައްވައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މިއަހަރަށް ފާސްކޮށްފައިވާ ޖުމުލަ ބަޖެޓުގެ 50 އިންސައްތަ ހޭދަކޮށްފައިވާކަމުގައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ ތެރޭގައި އައު ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން ރާއްވަވާފައިވާ ގިނަ ޕްރޮގްރާމްތަކަށާއި މަޝްއޫރުތަކަށްވާ ފައިސާ ހިމެނިފައި ނެތުމާއި މި ކަންތައްތައް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށްޓަކައި މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން ފައިސާ ހަމަޖައްސަން ޖެހިފައިވުން ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީގެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ބަޖެޓު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚި ދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުން ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ހިނގާނެކަމަށް މިހާރު އަންދާޒާކުރެވެތީކަމަށް ފިނެނޭސް މިނިސްޓްރީން މިސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުން ވަނީ ބުނެފައެވެ.
ސަޕަލިމެންޓްރީ ބަޖެޓްގައި ޚަރަދުތައް އިތުރުކުރަންޖެހޭ މައިގަނޑު ބައިތައް:
– 100 ދުވަހުގެ ވައުދުތަކާއި ގުޅިގެން ސަރުކާރުން އިއުލާންކުރި ލޯން އަދި ސްކޮލަރޝިޕްގެ ފުރުސަތުތަ ކަށް ހިނގާނެކަމަށް ލަފާކުރާ
އިތުރު ޚަރަދު 300.0 މިލިއަން ރުފިޔާ.
– އަލަށް އުފެދުނު ޤާނޫނުތަކުން އުފެދިފައިވާ އިދާރާތަކަށް ދިނުމަށް 18.7 މިލިއަން ރުފިޔާ. (މީގެ ތެރޭގައި
“ބާ ކައުންއިލް” އަދި “މޯލްޑިވްސް ނޭޝަނަލް އާބިޓްރޭޝަން ސެންޓަރ” އަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހިމެނެއެވެ.)
– ޞިއްހީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް
ތަރައްޤީކުރުމަށްޓަކައި އިތުރަށް 294.5 މިލިއަން ރުފިޔާ.
-އިންޑިއާ ސަރުކާރުން ދެއްވާފައިވާ 100.0 މިލިއަން ރުފިޔާގެ ހިލޭ އެހީން މި އަހަރުގެ ތެރޭގައި ހިންގާނެ މަޝްރޫއުތަކާއި
ޕްރޮގްރާމްތަ ކަށް 94.5 މިލިއަން ރުފިޔާ ހިމެނިފައިވޭ.
– އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާގެ ގޮތުގައި 350.0 މިލިއަން ރުފިޔާ
ހިމެނިފައިވޭ.
ހިދުމަތްތައް އަގުހެޔޮ ކުރުމުގެ ގޮތުން ސަބްސިޑީ ދިނުމަށް 189.4 މިލިއަން ރުފިޔާ. (މީގެތެރޭގައި
ހިމެނެނީ ރެވެނިއު ލޮސްގެ ގޮތުގައި އެމް.ޑަބަލިއު.އެސް.ސީއަށް ދޭ 130.0 މިލިއަން ރުފިޔާ އާއި އެތެރޭގެ ވައިގެ ދަތުރު
އަގުހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަންއަށް ދޭ 35،0 މިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަރަންޓުގެ އަގު
ހެޔޮ ކުރުމަށް ދޭ 24،4 މިލިއަން ރުފިޔާއެވެ.)
– ހުޅުމާލެ ހޮސްޕިޓަލުގައި އާސަންދަ ކުންފުނި މެދުވެރިކޮށް ފެށުމަށްފަހު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި، ރައްޔިތުންނަށް
ޚިދުމަތް ފޯރުކޮށްދިނުމަށް 150.0 މިލިއަން ރުފި ޔާ ހިމެނިފައިވޭ.
– ސަރުކާރުން ފަށާފައިވާ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފުޅާކުރުމާއި ގުޅިގެން އިތުރަށް ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ
81.0 މިލިއަން ރުފިޔާ.
– ބަޖެޓު ކޮންޓިންޖަންސީ ގެ ގޮތުގައި މި ބަޖެޓުގައި 225.0 މިލިއަން ރުފިޔާ ހިމެނިފައިވޭ.
ސަޕްލިމެންޓްރީ ބަޖެޓާއެކު ފިނޭންސް މިނިސްޓްރީން ދެއްވައިފައިވާ މަޢުލޫމާތު ތަކުގައިވާ ގޮތުން2019 ވަނަ އަހަރު ގެ ބަޖެޓު ގެ އޮވަރޯލް ބެލެންސްގެ ގޮތުގައި ފާސްކޮށްފައިވަނީ 4،002.5 މިލިއަން ރުފިޔާއެވެ. މިއީ އުފެއްދުންތެރިކަމުގެނިސްބަތުން 4.4 އިންސައްތައެވެ. އަދި ބަޖެޓު ސަޕްލިމެންޓް ގެ އޯވަރޯލް ބެލެންސްގެ 986.4 މިލިއަން ރުފިޔާއިން (އުފެއްދުންތެރިކަމުގެނިސްބަތުން 1.1 އިންސައްތަ) ޑެފިސިޓްވާނެކަމަށް ބެލެވެއެވެ. ހަމައެއާއެކު ބަޖެޓު ސަޕްލިމެންޓް ގެ އޯވަރޯލް ޑެފިސިޓާއެކު އަހަރުގެ ނިޔަލަށް ބަޖެޓު ޑެފިސިޓް 4،988.9 މިލިއަން ރުފިޔާ އަދި އުފެއްދުން ތެރިކަމުގެ ނިސްބަތުން 5.6 އިންސައްތައަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ. ބަޖެޓު ސަޕްލިމެންޓް ގެ ޑެފިސިޓް ފައިނޭންސްކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަރާތްތަކަށް ވިއްކާ ޓްރެޜަރީ ބިލް އަދި ބޮންޑްފަދަ ތަކެތިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ.
 
Source link

Copyright © Faseha All rights reserved