Faseha

Faseha Community

ސަންގު ޓީވީ ޑްރާމާގައި ފެންނަ ނާޖިހާ، އޭނާގެ ދިފާއުގައި ނުކުމެއްޖެ

1 min read

ސަންގު ޓީވީން ގެނެސްދިން “ރޯހާ” ޑްރާމާގައި ބަދުއަޚުލާގީ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ދައްކާފައިވާތީ، އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި، ޑްރާމާގެ ލީޑް އެކްޓްރެސް ނާޖިހާ، އެ މަންޒަރުތަކަށް ޖަވާބު ދީފިއެވެ.
އެ ޑްރާމާގައި ޖިންސީ ގުޅުން ހިންގުމުގެ މަންޒަރުތަކެއް ދައްކުވައިދޭ ސީންއެއް ހިމަނާފައިވާ އިރު، އެ ޑްރާމާގެ މައްސަލައިގައި ޖަވާބުދާރީވުމަށް ސަންގްޓީވީއަށް ބްރޯޑްކޮމްއިން ވަނީ އަންގާފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެ މައްޒަރުތަކަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ނާޖިހާގެ ފޭސްބުކްގައި ލިޔެފައިވާ ސްޓޭޓަސްއެއްގައި ބުނެފައި ވަނީ، އެއްވެސް މީހަކަށް އޭނާއަށް ބުލީ ކުރުމުގެ ހައްގު ނޯންނާނެ ކަމަށާއި، ޑްރާމާގައި ދައްކާ މަންޒަރުން ފިރިހެން މީހާ ހިފަނީ އޭނާގެ ކޮނޑުގައި ކަމަށެވެ.
“ބުނަން މިއުޅެނީ ރާއްޖޭގައި ބުލީ ނުކުރާށޭ ކިޔާފައި ވަރަށް ވާހަކަ ދައްކާ. އެކަމަކު އެކަމަށް އަމަލުކުރަން ތިބީ ކޮންބައެއް. އޯކޭ.. އަހަންނަކީ އެކްޓްރެސްއެއް، އަހަރެން ނުޖެހޭ އިސްލާމީ މިންގަނޑާ ހިލާފުވާ އެއްޗެއް ކުޅޭކަށް. އެކަހަލަ އެއްވެސް މައްޒަރެއްގައި ފެންނާކަށް. އެކަމަކު ތި އެންމެނަށްވެސް ނޭނގިފައި އޮތް ވާހަކައެއް މިއީ، އެންމެން ތިކިޔައީ އަހަރެންގެ (ޖިންސީ ގުނަވަނުގަ)އޭ އޭނާ ހިފަނީ. އަހަރެން ގައިމަތީގައޭ އޭނާ އޮތީ. އެކަމަކު އޭނާ ހިފަނީ އަހަރެންގެ ޖިންސީ ގުނަވަނަކު ނޫން، އޭނާ ހިފަނީ އަހަރެންގެ ކޮނޑުގައި. އެކަމަކު އޯކޭ، ސިފަވަނީ އެތަނުގައި ހިފާ ކަމަށް،” ސްޓޭޓަސްގައި ބުނެފައިވެއެވެ.
“އެހެންވިއްޔާ ކޮބާ އަހަރެންގެ ކޮނޑު؟ އަހަރެން ކޮނޑު ނެތް މީހެއްތަމީ؟ ނޫނީ އަތް ނެތް މީހެއްތަމީ؟”، ނާޖިހާ އިތުރަށް ބުނެފައިވެއެވެ. ނާޖިހާގެ ފޭސްބުކްގައި ބުނެފައި ވަނީ އޭނާގެ ހައްގުގައި ތެދުވަން އަމިއްލައަށް ބޭނުންވާ ކަމަށާއި، އޭނާ ކުޅެފައި ވަނީ “ޕޯން”އެއް ނޫންކަން އޭނާވެސް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި އަބަދުވެސް އެންމެން ބުނާ ވާހަކައަކީ ބުލީ ނުކުރަން ނަމަވެސް، މިހާރު އޭނާ މަގުމަތިން ފެނުނަސް “ޕޯން ސްޓާ” ކިޔާ ގޮވާ ހަދާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ އިރު، އެއީ އޭނާއަށް ކޮންމެ ދުވަހަކު ލިބެމުންދާ އަނިޔާއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Source link

Copyright © Faseha All rights reserved