Faseha

Faseha News

ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ނުކުތް މީހާއަށް އިންޒާރު ދިން މައްސަލަ ބަަލަނީ

1 min read


ގދ.ތިނަދޫގައި ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ނިކުތް މީހާއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މިޑީއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.
“ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަދި ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަ ދެ މައްސަލަވެސް ފުލުހުން ބަލަމުން ދަނީ”. އޮފިޝަލް ވިދާޅުވިއެވެ.
އިސްލާމް ދީނާއި ދެކޮޅަށް އެރަށުން ނުކުތް މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވާއިރު، އެރަށު ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުންްނަންވެސް އިއްޔެ ނިންމިއެވެ.
އަދި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ.
Source link

Leave a Reply

Copyright © Faseha All rights reserved