Faseha

Faseha Community

ދޯންޏެއް ހުއްޓުވިއިރު ހުސް ބިދޭސީން، އެއްވެސް މީހަކު އަތުގައި ވިސާއެއް ނެތް!

1 min read

ތެޔޮ ސަޕްލައި ކޮށްދޭ ދޯންޏެއް އެމްއެންޑީއެފް އިން ހުއްޓުވާ ބަލާ ފާސް ކުރި އިރު، އެ ދޯނީގައި ތިބީ ހުސް ބިދޭސީން ކަމަށާއި އެވެސް މީހެއްގެ އަތުގައި ވިސާ ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނީ، ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ހިންގާ ހާއްސަ ތަމްރީން ތަކުގައި ސ. ފޭދޫން މުދާ ބަރުކޮށްގެން ދަތުރުކުރި އެ ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށާއި ދޯނި ބަލާ ފާސް ކުރި އިރު ގައިވާދާ ހިލާފަށް އުޅޭ ދެ ބިދޭސީއަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. “ދޯނި ދަތުރު ކުރުން ހުއްޓުވުމަށްފަހު، ދޯންޏާއި ދޯނީގައި ތިބި ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. ދޯނި މިހާރު އޮތީ ފޭދޫ ބަނދަރުގައި،” އެމްއެންޑީއެފް އިން ބުންޏެވެ. ހިފެހެއްޓި ދޯނީގައި ސިފައިން ހަރަކާތްތެރި ވަނީ — ދޯނި އެމްއެންޑީއެފް އިން ބަލާ ފާސްކުރި އިރު، އެ އެ ދޯނީގެ ކެމްޕްޓަން ހުރީ ހުޅޫމީދޫގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ދޯނިގައި ނަމެއް ވެސް ނެތް ކަމަށާއި ދޯނީގެ ނަން އެނގޭ މީހަކުވެސް ދޯނީގައި ނެތް ކަމަށެވެ. އަދި ދޯނީގެ އެއްވެސް ކަހަލަ ލިޔެ ކިޔުމެއް ވެސް ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ދޯނީގައި ހުރީ ހުޅުމީދޫގެ ފެނަކަ އަށް ގެންދާ 6،000 ލިޓަރުގެ ޑީސެލާއި ފިހާރައަކަށް ގެންދިޔަ އައިސް ކުކުޅުތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭ ގަވައިދާ ހިލާފަށް ބިދޭސިން އުޅޭ މައްސަލަ އަކީ އާންމު އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ. އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައި ވާިރު، އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވައިދާ ހިލާފަށް ކަމަށެވެ.

Source link

Copyright © Faseha All rights reserved