Faseha

Faseha Community

ދޮން އަނބު ޕެޝަންފްރުޓް ފަނި

1 min read

 

މިފަހަރު މިއޮތީ ރޯދަވީއްލާ ގަޑިއަށް ތައްޔާރުކޮށްލެވިދާނެ މީރު ފަންޏެއްގެ ރެސިޕީއެކެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: އާދައިގެ 4 ތަށްޓެވެ.

 

ބޭނުންވާތަކެތި:

4 ދިވެހި އަނބު

2 ޕެޝަންފްރުޓް

4 މޭޒުމަތީ ސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

3 ޖޯޑު ފިނިކޮށްފައިހުރި ފެން

 

ހަދާނެގޮތް:

1. އަނބުތަކުގެ ތޮށި މެށުމަށްފަހު ކޮށާލާށެވެ.

2. ދެން ޕެޝަންފްރުޓްތައް ފަޅާލާފައި އޮށްގަނޑު ސަމުސަލަކުން ކަހާލާށެވެ.

3. ކަހާލި ޕެޝަންފްރުޓް އޮށްގަނޑާއި ކުރިންކޮށި ދޮން އަނބާއި ހަކުރު ކޮޅާއި ފެން މިކްސަރަށް އަޅާށެވެ.

4. މިކްސަރު ޖައްސައި އޮމާން ޖޫސް ގަނޑަކަށް ވަންދެން ގިރާލާށެވެ.

5. ދެން ޖަގެއް ކަހަލަ އެއްޗެއްގެ ތެރެއަށް ފުރާނާލާށެވެ.

6. އައިސްއަލަމާރިއަށް ލާފައި ފިނިކުރަން ބަހައްޓާށެވެ.

އިތުރު ރެސިޕީތައް 

Source link

އިތުރު ލިޔުންތަށް

Copyright © Faseha All rights reserved