Faseha

Faseha News

ދެ ރަށެއްގެ ޕޮލިސް ސްޓޭޝަންގެ އިމާރާތް ހުޅުވައިފި

1 min read


ތ. މަޑިފުއްޓާއި ދިޔަމިގިލީގެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުއްވައިދެއްވައިފިއެވެ.
މަޑިފުއްޓާއި ދިޔަމިގިލީގެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ބައިވެރިވެރިވެ ވަޑައިގެންފައެވެ. އަދި ފުލުހުންނާއި، ކައުންސިލްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލުފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތެއްގެ މުޖުތަމައެއްގެ އެންމެ ބޮޑު އުއްމީދަކީ ރަށަށް އަތޮޅަށް މުޅި ޤައުމަށް ހިތްހަމަޖެހުމާއި އުފަލާ ކުރިއެރުން ގެނެސްދިނުންކަމަށެވެ. އަދި ރައްޔިތުން އުޅޭ މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަމާއެކުގަ ރައްޔިތުންގެ ހަޔާތް ވޭތުކުރުމުގެ ފުރުޞަތު ލިބުންކަމަށެވެ.
މީގެ އިތުރުންވެސް މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ހަމައެކަނި ކުށްކުރާ މީހުން ކޮންޓްރޯލްކުރާ ތަނެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ސްޓޭޝަނަކީ އެ ރަށުގެ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް އެއްބާރުލުން ލިބޭނެ ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓްރ ވަނީ ވިދާޅުވެފައެވެ. “ރައްޔިތުންގެ ހުރިހާ އިހުޞާޞްސަތަކާއި، ރައްޔިތުންގެ ހުރިހާ ކަންތައްތަކެއް ދެނެގަނެ ކައިރިން ބަލާ އެކަމުގައި ރައްޔިތުންނަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭ މުއައްސަސާއަކަށް އަޅުގަނޑުމެންގެ މުއައްޞަސާ ވެގެންދިއުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ އުއްމީދުކުރާގޮތް. އަދި އެކަމަށް ބޭނުންވާވެސްގޮތް ” މިނިސްޓަރ ވިދާޅުވިއެވެ.
Source link

Leave a Reply

Copyright © Faseha All rights reserved