Faseha

Faseha News

ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

1 min read


ގދ. ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް ނުކުތް މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށެވެ.
އަދި އެ މީހާާއަށް އިންޒާރު ދިން މައްސަލަވެސް ފުލުހުން ބަލަމުންދާ ކަަަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެެވެ.
“ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަދި ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަ ދެ މައްސަލަވެސް ފުލުހުން ބަލަމުން ދަނީ”. އޮފިޝަލް ވިދާޅުވިއެވެ. ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ. އެގޮތުން އޭނާގެ ޓްވިޓާ އެކައުންޓުގައި ދީނާއި ދެކޮޅަށް އެއްޗެހިތަކެއް ލިޔެފައި ވެއެވެ.
Source link

Leave a Reply

Copyright © Faseha All rights reserved