Faseha

Faseha News

ފްލައިޓު މަތީގައި ފޮޑިޖެހުމާ ދެކޮޅަށް ކެންޔާގެ މަޖިލީހަށް ޚާއްސަ ހުށަހެޅުމެއް!

1 min read


ފްލައިޓުގެ ތެރޭގައި ފޮޑި ޖެހުން ހުއްޓުވުމަށް ކެންޔާގެ ގާނޫނު ހަދާ މަޖިލީހަށް އާދަޔާ ޚިލާފު ޚާއްސަ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެގައުމުގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ލިލިއަން އާޗިއެންގއެވެ. ފްލައިޓު މަތީގައި ދަތުރުކުރާއިރު، ދަތުރުވެރީނގެ ރައްކާތެރިކަން ޔަގީން ކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ކުރިއަށްދިޔަ ބަހުސެއްގެ ތެރެއިން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ ފްލައިޓު މަތީގައި ފޮޑިޖެހުމަކީ ޕަސިންޖަރުންގެ މެދުގައި އުނދަގުލާއި ހާސްކަން އަދިި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކަމަށެވެ.
މިފަދަ ހުށަހެޅުމެއް ކެންޔާގެ މަޖިލީހަށް ހުށަހަޅާފައިމިވަނީ ދާދި ފަހުން އެގައުމުގެ ހޮމަ ބޭ ކައުންޓީގައި ބޭއްވި މަޖިލިސް ޖަލްސާއެއްގައި މެމްބަރަކު ފޮޑި ޖެހުމުން މަޖިލިސް ތެރޭގެ ވައި ތަޣައްޔަރު ވެފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.
ފްލައިޓު މަތީގައި ދަތުރުކުރާއިރު ފޮޑި ޖެހުމާ ދެކޮޅަށް އެ ހުށަހެޅުން ހުށަހަޅަމުން ލިލިއަން ބުނެފައިވަނީ އެފަދަ ކަމެއް ފްލައިޓު މަތީގައި ހިނގައިފި ނަމަ އޭގެ ތެރޭގައި ތިބޭ އެހެން މީހުންނަށް ހާސްކަމާއި ލަދުވެތިކަން އިހުސާސްކުރަން ޖެހިދާނެ ކަމަށެވެ. އެހެން ކަމުން އެކަން ހައްލު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ފޮޑިޖެހުން ހުއްޓުވުމަށްޓަކައި ފްލައިޓުމަތީގައި “އެންޓި ފްލެޓުލެންޓް” ޑްރަގްސް ނުވަތަ ފޮޑި ޖެހުމުން މީހާ ދުރުކޮށްދޭ ބޭސް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ލިލިއަން ބުނެފައިވެއެވެ.
Source link

Leave a Reply

Copyright © Faseha All rights reserved