Faseha

Faseha News

ފިހުނު ކުކުޅު

1 min read

ބޭނުންވާ ތަކެތި

1 ކުކުޅު ( ކޮށާފައި )
4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
2 ބޮޑުފިޔާ ( ކޮށާފައި )

1 މޭޒުމަތީސަމުސާ ލޮނުމެދު އިނގުރު ( ޗަސްކޮށްފައި )

1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި )
2/1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ދިރި ( މުގުރާފައި )

1 ސައިސަމުސާ އަސޭމިރުސް ( މުގުރާފައި )
3 މޭޒުމަތީސަމުސާ ހަނާކުރިހަވާދު

1 މޭޒުމަތީސަމުސާ ހިކި މިރުސް

1 ސައިސަމުސާ މަސްޓަރޑް ކްރީމް

2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް

1 މޭޒުމަތީސަމުސާ ޗިލީ ސޯސް

1 ލުނބޯ

ހިކަނދިފަތް، ރާނބާފަތް
ލޮނު
ތައްޔާރުކުރާނެ ގޮތް

ކުކުޅު ހެޔޮވަރު ވަރުގެ ބުރިއަށް ބުރިކުރައްވާށެވެ. ހަވާދު، މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ލޮނު އަދި ޕޭސްޓް ރަނގަޅައް އެއްކޮށްފައި ކުކުޅުމަސްތަކުގައި ހާކާފައި 15 މިނިޓް ވަންދެން މަތި ޖަހާފައި މަހައްޓާށެވެ. ދެން ގިތެޔޮ ނުވަތަ ތެޔޮ ހޫނުކުރެއްވުމަށްފަހު، ފިޔައާއި، ހިކަނދިފަތް، ރާނބާފަތް އެއްކޮށް ލުމައްފަހު މޯޅިވުމުން ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮލާށެވެ. އެއައްފަހު ހަވާދު ލާފައި ހުރި ކުކުޅު ތަކުގެ މައްޗައް އަޅާލުމައްފަހު ރަނގަޅައް އެއްކޮށްލުމައްފަހު އަވަނުން ފިހެލާށެވެ.

Copyright © Faseha All rights reserved