Faseha

Faseha Community

މުރަނގަތޮޅި ކިރުގަރުދިޔަ

1 min read

 

އަލުވިން، ތޮރާ އަޅައިގެން، އަދި މީނޫންވެސް އެހެން ތަފާތު ތަކެތިން ކިރުގަރުދިޔަ ތައްޔާރުކުރެއެވެ. ނަމަވެސް ކިރުގަރުދިޔަ ތަކުގެ ތެރެއިން އަހަރުމެންނަށް އެއްމެ މީރީ މުރަނގަތޮޅި ކިރުގަރުދިޔައެވެ.

އަހަރުމެންގެ މިރެސިޕީގައި ހުތް އަނބެއް ބޭނުން ކުރީމެވެ. އޭގެ ބަދަލުގައި ބިލަމަގު އެޅިޔަސް ރަނގަޅުވާނެއެވެ. އަދި މީގެ އިތުރުން އަހަރުމެން ބޭނުން ކުރީ ގިތެޔޮ މިރުހެކެވެ. ނަމަވެސް ތޮޅި މިރުސް އެޅީމައި މާ މީރުވާނެކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އަހަރުމެން ތޮޅިކޮޅު މަޑު ކުރީ ފެނުގައިއެވެ. ބައެއް މީހުން މިކަމަށް ފެން ކިރުވެސް ބޭނުންކޮށް އުޅެއެވެ. އަދި އަހަރުމެން މިރެސިޕީގައި ބޭނުން ނުކުރި ނަމަވެސް ބައެއް މީހުން ކިރުގަރުދިޔައަށް ފޮނިތޮށި ކާފޫރު ތޮޅި ވެސް އަޅާ އުޅެއެވެ.

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

3 މުރަނގަތޮޅި

1 ފިޔާ

2 ލޮނުމެދު

¼ އިންޗީގެ އިނގުރު

3 ޖޯޑު ފެން

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

15 ހިކަނދިފަތް

3 އިންޗީގެ ރާނބާ

½ ޖޯޑު ކޮށާފައި ހުރި ވަޅޯމަސް

1 މޭޒުމަތީ ސަމުސާ ކުދިކޮށް ތުނިކޮށް ކޮށާފައިވާ ހުތް އަނބު

¼ ޖޯޑު ބޯކިރު

½ ސައިސަމުސާ ރީނދޫ

 

ހަދާނެ ގޮތް:

1. މުރަނގަތޮޅިތައް ދޮވެ ސާފު ކުރުމަށްފަހު ތޮށިމަށައި ކޮށާށެވެ. އަހަރުމެން ކޮށިއިރު އެތިކޮޅެއްގެ ދިގުމިނުގައި ހުރީ 3 އިންޗިއެވެ.

2. ފިޔާކޮޅު ކޮށާލާށެވެ. އަދި އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ.

3. މުރަނގަތޮޅިކޮޅާއި ފެނާއި ލޮނު ތެއްޔަކަށް އަޅާށެވެ. މެދުމިނެއްގައި ގިނި ބަހައްޓައިގެން މުރަނގަތޮޅިކޮޅު މަޑުވަންދެން ކައްކާށެވެ. މިކަމަށް އަހަރުމެންނަށް ނެގީ 15 ވަރަކަށް މިނެޓެވެ.

4. މުރަނގަތޮޅިކޮޅު މަޑުވުމުން ފިޔާކޮޅާއި ލޮނުމެދާއި އިނގުރާއި ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ވަޅޯމަސް، ހުތް އަނބު، ބޯކިރު އަދި ރީނދޫ ތެއްޔަށް އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލާފައި ތެލީގައި މަތިޖަހައިފައި މަޑު ގިނީގައި ބަހައްޓައިގެން ފިޔާކޮޅު މަޑުވެލަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 10 ވަރަކަށް މިނެޓެވެ. ނިންމާލުމުގެ ކުރިން ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ބަދަލު ކޮށްލަންވާނެއެވެ.

އިތުރު ރެސިޕީތައް   

Source link

އިތުރު ލިޔުންތަށް

Copyright © Faseha All rights reserved