Faseha

Faseha Community

މާފުށް

1 min read

މާފުށް ހަދާއިރު ބޭނުން ކުރަން މިޖެހެނީ ހަނާކޮށްފައިވާ ބިންބި ފުށެވެ. ބައެއް ފިހާރަތަކުގައި ހަނާކޮށްފައި ހުންނަ ބިންބި ފުށް ވިއްކަން ހުންނަ ކަމަށް މީހުން ބުނެއެވެ. ނަމަވެސް މިފަހަކަށް އައިސް އަހަރުމެންނަށް ފެނުނު ހުރިހާ ޕެކެޓެއްވެސް ހުރީ ހަނާ ނުކޮށެވެ.

މިރެސިޕީއިން ތައްޔާރު ކުރެވޭނީ: 3-4 މީހުންނަށް ވާވަރަށެވެ.

ބޭނުންވާ ތަކެތި:

2 ދޮންކެޔޮ (މެދުމިންވަރެއްގެ ސައިޒެއްގެ)

3 މޭޒުމަތީ ސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

¾ ޖޯޑު ހުނި

¾ ޖޯޑު ބިންބި ފުށް

ހަދާނެގޮތް:

1. ތަވައެއް ހޫނު ކުރާށެވެ. އެ ރަނގަޅަށް ހޫނު ވުމުން ބިންބި ފުށްކޮޅު އަޅާފައި ފުށްކޮޅަށް މުށި ކުލަ އަރަންދެން ހަނާކުރާށެވެ. ހަނާވުމުން މީރުވަހެއްވެސް ހުންނާނެއެވެ. ހަނާކޮށްނިމުމުން އެއްޗަކަށް ނަގާފައި ހިހޫ ކޮށްލަން ބަހައްޓާށެވެ.

2. ދޮންކެޔޮތަކާއި ހަކުރުކޮޅު ބޯތަށްޓަކަށް އަޅައިގެން ދޮންކެޔޮކޮޅު ޗަސްކުރަމުން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ދޮންކެޔޮކޮޅު ބޮޑެތި ގަނޑުގަނޑަށް ނުހުންނާނެ ވަރަށެވެ.

3. ދެން ހުނިކޮޅު ބޯތަށްޓަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާ ވަރަށް މޮޑެލާށެވެ.

4. ދެން ކުރިން ހަނާކުރި ބިންބި ފުށްކޮޅުވެސް ބޯތަށްޓަށް އަޅާ މޮޑެލާށެވެ.

5. އިނގިލިތައް ބޭނުން ކޮށްގެން މޮޑުނުއެތީގެ އެތިކޮޅެއް ނަގާށެވެ. ދެން ދެއަތްތިލަ ބޭނުން ކޮށްގެން ގުޅަ ވަށާށެވެ. މިގޮތަށް ގުޅަވަށައިގެން އެއްކުރި ހުރިހާ އެއްޗެއް ހުސްކޮށްލީމާ އެނިމުނީއެވެ.

އިތުރު ރެސިޕީތައް 

Source link

އިތުރު ލިޔުންތަށް

Copyright © Faseha All rights reserved