Faseha

Faseha News

ވިހެއުމާ ހަމައަށްވެސް ބަނޑު ބޮޑުކަމެއް ނޭނގޭ!

1 min read


ބަނޑު ބޮޑު ވުމަކީ އަންހެނަކަށް އޭނާގެ ހަޔާތުގައި ދިމާވާނެ އެންމެ އާދަޔާ ޚިލާފު ދުވަސްވަރެވެ. އާންމު ދިރިއުޅުމުގެ ކަންތައްތަކާއިި، ބަނޑުބޮޑު ވުމުން ދެން ދިމާވާ ކަންތައްތައް ވަރަށްވެސް ތަފާތެވެ. ކުރިން މީރު ކާއެއްޗެހި ނުބައި ވެދާނެއެވެ. އަދި ދުވަހަކުވެސް ނުކާ އެއްޗެއް ނުވަތަ ކުރިން ރަހަ ނުބައިކަމުން ނުކެވޭހާ ނުބައި ކާއެއްޗެހި ކާހިތްވެސް ވެދާނެއެވެ. ނަމަވެސް ބަނޑު ބޮޑުވުމުން، ބަނޑުބޮޑުކަން އިހުސާސްނުވާ މަޔަކު މަދުވާނެއެވެ.
މިއީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ޑެލުވެއާ އަށް ނިސްބަތްވާ 37 ކާލޯ ކޮލާޒޯ ނަމަކަށްކިޔާ އަންހެނަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. އޭނާއަށް ދަރިން ނުލިބޭނެ ކަމަށް އޭނާގެ ޑޮކްޓަރުން ވަނީ ބުނެފައެވެ. އެއީ އޭނާ އަކީ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް ހުންނަ މީހަކަށްވާތީއެވެ. އެ ބަލީގެ ސަބަބުން މައްސަރު ކަންތައް ޖެހުމަށް ހުރަސްއަޅައެވެ. އެހެން ކަމުން އޭނާ ހުރީ ދަރިއަކު ނުލިބޭނެ ކަމަށް ނިންމައިގެންނެވެ.
ނަމަވެސް ވަރަށްފަހުން އޭނާ ވަނީ ވިހައިފައެވެ. އޭނާ ބަނޑުބޮޑުކަން އޭނާއަށްވެސް އެނގުނީ ބަނޑުގައި ރިއްސައިގަނެގެން ވިހެއުމާ ހަމައިންނެވެ. ބަނޑާއި ބުރަކަށީގައި ވަރަށް ގަދައަށް ރިއްސައިގަނެގެން އެވާހަކަ އޭނާގެ ބޭބެގެ އަންހެނުންނާ ހިއްސާކުރުމުން ޑޮކްޓަރަށް ދައްކަން ދާންވެސް ނިންމިއެވެ.
ކާލޯ ވިހާފައިވަނީ ޑޮކްޓަރަށް ދެއްކުމުގެ ކުރިން، ފެންވަރާލަންވެގެން ފާހާނައަށް ވަންތަނާ، ފާހާނަ ތެރެއަށެވެ. ވިހެއުމާއެކު ދެމައިން ވަނީ ޑެލުވެއާގެ ކްރިސްޓިއާނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ދެމައިގެން ހާލު ރަނގަޅުކަމަށްވެސްވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ވިހެއުމުގެ ދެހަފްތާ ކުރިން އޭނާ ވަނީ ޕްރެގްނެންސީ ޓެސްޓު ކިޓަކުން ބަނޑުބޮޑުތޯވެސް ބަލާފައެވެ. ނަމަވެސް އެ ޓެސްޓުން ދެއްކީ އޭނާ ބަނޑުބޮޑު ނޫން ކަމަށެވެ.  
Source link

Leave a Reply

Copyright © Faseha All rights reserved