Faseha

Faseha News

ވައިގަދަވެ މަކުނުދޫ ދެ ގެއެއްގެ ފުރާޅު އެއްލާލާ، ގަހެއް ވެއްޓިއްޖެ

1 min read


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން ހދ. މަކުނުދޫ ދެގެއެއްގެ ފުރާޅު އެއްލާލައި ގަހެއް ވެއްޓިއްޖެ އެވެ. ފުލުހުން ބުނީ ރޭ ފަތިހުން ފެށިގެން މަކުނުދު އަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން އެ ރަށުގެ ދެގެއެއްގެ ފުރާޅުގެ ޓިނުތައް ވަޔާ އުކާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެރަށުގެ ސްކޫލުގެ ފާރުމައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށާއި މި ހާދިސާތަކާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ. މި ވިއްސާރާގައި މާލެގެ ހުޅަނގު ފަރާތުގައި ފެންބޮޑުވެ، ސިފައިން ދަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
Source link

Copyright © Faseha All rights reserved