Faseha

Faseha News

އަގުބޮޑުކޮށް ޓެކްސީ ކުރާނަމަ ހުއްދަ ބާތިލް ކުރަނީ!

1 min read


ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ބޮޑުކޮށް ޓެކްސީ ކޮށްގެން އެއް އަހަރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާކޮށްފި ނަމަ އެ ފަރާތެއްގެ ޓެކްސީކުރުމުގެ ހުއްދަ ބާތިލުކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑު އަގު ޓެކްސީތަކުން ނަގާނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުގެ އިތުރުން އެމީހެއްގެ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލްކުރާނެ ކަމުގައެވެ. އަދި ހުއްދަ ބާތިލް ކުރާނީ އެއް އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

ޓްރާންސް ޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެއިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާއަށް ކަމުގައެވެ.

ތެކްސީ ކުރުމުގެ އަގު ކަނޑައެޅިފަހުން ގަވާއިދާއި ހިލާފަށް އަގުނެގި ބައެއް ޓެކްސީތައް މިހާރުވެސްވަނީ ޖޫރިމަނާ ކޮށްފައެވެ.


Source link

Copyright © Faseha All rights reserved