Faseha

Faseha News

ކޮންޓްރޯލެއް ނެތި، ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސްކިރަމުން އެބަ ގެންދަން – މިފްކޯ

1 min read


ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އެއްވެސް ކޮންޓްރޯލެއް ނެތި ކުންފުނީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ހުރިހާ މަސްވެރިންގެ މަސް ކިރަމުން ގެންދާ ކަމަށް އެ ކުންފިނިން ބުނެފިއެވެ.
އުތުރުގެ އަތޮޅުތަކުގައި މިދުވަސްވަރު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްތައް ނުކިރޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި އެކަމާއި މަސްވެރިން ކަންބޮޑުވެ ދަނީ ވާހަކަދައްކަމުންނެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅު ވެފައިވާއިރު، މިފަދަ މަސްވެރިކަމެއްގައި މަސް ގެންގުޅެވޭ ފަދަ ވަސީލަތްތައް ފެލިވަރުގައި ނެތް ކަމަށެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ މިފްކޯގެ މަސް ބޯޓުތައް މިހާރު ފެލިވަރު ބަނދަރުގައި މަސް ގަތުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަަށް އެބަޔާނުގައި ވެއެވެ.
މިފްކޯއިން ބުނީ، ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވާތީ މިހާރު މަސް ގަންނަ އަގުގައި މަސް ގަތުމަށް އަމިއްލަ ކުންފުނިތަކަށް ދަތިވެފައިވާ ކަމަށެވެ. މިފްކޯ އިން ބުނީ އެ ދުވަހަކު ބޭނޭ މަސް އެ ދުވަހަކު ނުކިރޭތީ ޖެހިގެން އަންނަ ދުވަހަށް ކިއު ނަމްބަރެއް ދޫކޮށްގެން މަސް ކިރަމުން އަންނަ ކަމަށެވެ. އަދި މަހުގެ ތާޒާކަން ހިފެހެއްޓޭވަރުނުވާނަމަ، އެފަދަ ދޯނިފަހަރު އެންމެ ކައިރީގައި ހުންނަ އައިސްޕްލާންޓަކަށްގޮސް ލިބެންހުރި ވަރަކަށް އައިސް އަޅައި ރަނގަޅު ފެންވަރުގައި މަސް ގެންގުޅުމަށް މިފްކޯއިން ވަނީ އެދިފައެވެ.
Source link

Leave a Reply

Copyright © Faseha All rights reserved