Faseha

Faseha Community

ރެސިޕީ: ތަންދޫރީ ކުކުޅު

1 min read

ބޭނުންވާނެ ތަކެތި:
500 ގްރާމް ކުކުޅު ( ކަށިނެތް)
2 މޭޒުމަތީ ސަމްސާ ތަންދޫރި ޕޭސްޓް
2 ލޮނުމެދު ( ޗަސްކޮށްފައި)
1/2 1 ސައިސަމްސާ ގަރަމް މަސާލާ
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
1/2 1 ޖޯޑު ފްލެއިން ޔޯގަޓް
ތައްޔާރުކުރާނެ ގޮތް ފުރަތަމަ ހުރިހާ ތަކެއްޗެއް އެއްކޮށްލުމަށްފަހު ކުކުޅުގައި އުނގުޅާނީއެވެ. ދެން ބޯތަށި މަތިން ރަބަރު އެޅުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ. އަދި މޭރިނޭޓް ކުރުމަށް މަދުވެގެން 1 ގަޑި އިރު ވަންދެން އަލަމާރީގައި ބަހައްޓަން ވާނެއެވެ. ދެން ބާބަކިޔު ގްރިލްގައި ނުވަތަ އާދައިގެ ގްރިލްގައި މެދުމިނެއްގެ ހޫނުގައި ކުކުޅު ރޯފިލަންދެން ގްރިލް ކުރާނީއެވެ. ނުވަތަ 180 ޑިގްރީ ހޫނު މިނުގައި 30- 40 މިނެޓް ވަންދެން ވަންދެން އަވަނުގައި ފިހެލާނީއެވެ.

Source link

އިތުރު ލިޔުންތަށް

Copyright © Faseha All rights reserved