Faseha

Faseha Community

ރާއްޖެ ލަންކާ މެޗް ރައީސް ބައްލަވާލައްވައިފި

1 min read


ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިރޭ ކުޅުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

މިރޭގެ މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޢަބްދުލްކަރީމް ކުޅުން ހުއްޓަވައިލައްވަން ނިންމެވުމާއި ގުޅިގެން އޭނާގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދެއްވާ ޝީލްޑް މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޭނާއާ ހަވާލުކޮށްދެއްވިއެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރެއްވި ޖާޖީގައި ވެސް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްދެއްވިއެވެ.

ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމު ރާއްޖެއަށް ކުރާ މިޒިޔާރަތަކީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.

މިރޭގެ މެޗް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ސޯޝަލް ސެންޓަރަށް ޖަމާވެ ދިވެހިޓީމަށް ތަރުޙީބު ދީފައިވެއެވެ. ލަންކާގެ ޤައުމީ ވޮލީޓީމާއެކު ރާއްޖޭގެ ޤައުމީ ވޮލީޓީމު ކުޅުނު އެކުވެރިކަމުގެ މި މެޗަކީ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން ( އޭވީސީ) ގެ ފަރާތުން ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.
[wcpcsup id=”59446″]
Source link

Leave a Reply

Copyright © Faseha All rights reserved