Faseha

Faseha News

ހޮންގްހޮންގް މުޒާހަރާ: ފުރަން އޮތް ހުރިހާ ފްލައިޓެއް އަނެއްކާވެސް ކެންސަލް ކޮށްފި

1 min read


[woocommerce_product_search]
ހޮންކޮންގެ ޕުރޯ ޑިމޮކްރެސީ މުޒާހަރާގެ ބައިވެރިން އެގައުމުގެ އެއާޕޯޓަށް ވަނުމާ ގުޅިގެން އެއާޕޯޓު ބަންދުކުރުމަށްފަހު މިއަދު އެ އެއާރޕޯޓު އަލުން ހުޅުވާލައިފިވަނިކޮށް އަނެއްކާވެސް މުޒާހަރާގެ ބަައިވެރިން އެއާޕޯޓް ހިސޯރު ކުރުމުން އަނެއްކާވެސް ފްލައިޓް ތަށް ކެންސަލް ކުރަން ޖެހިއްޖެއެވެ.
ހޮންގްކޮންގް އެއާޕޯޓަކީ 200 މަންޒިލުން ކޮންމެ ދުވަހަކު 1100 ޕްލައިޓް އޮޕަރޭޓް ކުރާ ދުނިޔޭގެ ކާރުބާރު ބޮޑު އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.
އެތައް ހާސް މުޒާހަރާގެ ބައިވެރިނާއި ހެދި ރޭ އެއާރޕޯޓު ބަންދުކުރުމާ ގުޅިގެން 300 ފްލައިޓުގެ ހިދުމަށް އިއްޔެ އެކަނިވެސް މެދުކަނޑާލައިފައިވެއެވެ.
އެއާޕޯޓް ތެރެ ފުރާލާފައިވާ މުޒާހަރާގެ ބައިވެރިން ބުނީ ބޭރުގެ މުޒާހަރާ ކުރުމަށް ވުރެން އެއާޕޯޓް ތެރޭގައި އެމީހުންގެ ޝުއޫރު ފާޅުކުރަން މާ ރައްކާތެރި މާހައުލެއް އޮތް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ޑިޕާޗަރ ގޭޓްތަކާއި އެރައިވަލް ގޭޓުތަކުން މީހުން ވަނުމާއި ދިޔަ ނުދީ ހިފަހައްޓަމުންނެވެ. މިއީ ޖެހިޖެހިގެން އެއާޕޯޓު ހިސޯރުކޮށް މުޒާހަރާ ކުރާ ދެވަނަ ދުވަހެވެ.
ހޮންކޮންގެ ސަރުކާރުން މިހާރުވަނީ މުޒާހަރާ ހުއްޓުވަން އެގައުމުގެ އަސްކަރީ ސިފައިން ބޭނުން ކުރަން ފަށާފައެވެ.
ހޮންގް ކޮންގެ ރައްޔިތުން ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އަދި ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް މުޒާހަރާތަށް ކުރާތާ މިހާރު ދެ މަހަށް ވުރެން ގިނަ ދުވަސްވެ މިހާރު މި މުޒާހަރާތަށް ވަނީ ތާރީހުގައި ވެސް އެގައުމުގައި ހިންގާ އެންމެ ބޮޑު ހަމަނުޖެހުމަށް ބަދަލުވެފައެވެ. މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ފުލައިޓުތަށް ކެންސަލްވެ އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓުފަ އެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 500 އަކަަށް ވުރެ މައްޗަށް އަރަ އެވެ.
[wcpcsup id=”59446″]
Source link

Copyright © Faseha All rights reserved