Faseha

Faseha News

ހުޅުމާލެ ސްޕޯޓްސް ކޮމްޕެލްކްސް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދެނީ

1 min read


ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ކޮމާޝަލް ސްޕޭސްތައް ކުއްުޔަށް ދޭން އެޗްޑީސީން ނިންމައިފިއެވެ.
ހުޅުމާލޭ ގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ތަރައްޤީކޮށް ނިމި، ހުޅުވަން ތައްޔާރުވެފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުން މިސަރުކާރުން ލަސްކުރާތީ ގިނަ ބަޔަކު ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ. އެއީ ސްވިމިން ޕޫލެއް ވެސް ހިމަނައިގެން ތަރައްޤީ ކޮށްފައިވާ ތަނެކެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ހުރި ކޮމާޝަލް ސްޕޭސްތަކުގެ މައުލޫމާތާއެކު އެތަންތަން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ކޮން ވިޔަފާރިތަކަކަށްކަން އާންމުކޮށްފައެވެ.
އެގޮތުން ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕެކްސްގައި ކެފޭ/ރެސްޓޯރެންޓް ތަރައްގީ ކުރުމަށް 2443.32 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ނިންމާފައިވާއިރު، އިންޑޯ ސްޕޯޓްސް ކޮމްޕެލްްކްސްގައި ސްޕޯޓްސް އިކިއުޕްމެންޓާއި އެސެސަރީސްއަށް ހާއްސަކޮށް 1343.44 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ނިންމާފައި ވެއެވެ.
ރީޓެއިލްކޮށް އެއްޗެހި ވިއްކާ ތަންތަން ހެދުމަށް އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިން، 650.79 އަކަ ފޫޓުގެ ސަރަހައްދަކާއި، 655.52 އަކަ ފޫޓުގެ ސަރަހައްދެއްގެ އިތުރުން، 655.73 އަކަ ފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ސްޕޯޓްސް އިކިއުޕްމެންޓާއި އެސެސަރީސްއަށް ހާއްސަކޮށް އައުޓް ޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިން، 987.8 އަކަ ފޫޓުގެ ސަރަހައްދަކާއި، 655.63 އަދި 656.28 އަކަފޫޓު ސަރަހައްދެއް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ ސްލޮޓެއްގެ ކުއްޔަކީ އަކަފޫޓަކަށް 30 ރުފިޔާ އެވެ. ކުއްޔަށް ދޭނީ 10 އަހަރުގެ މުއްދަތަކަށެވެ. އެޗްޑީސީ އިން ބުނީ މި ކަމައި ގުޅޭ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް ސޭލްސް ޑިވިޝަން އާ ގުޅުމަށް އެދޭ ކަމަށެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީހާއި އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
Source link

Copyright © Faseha All rights reserved